އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ފަހު އަބުރާ ޤައުމަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 54ސ
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ފަހު އަބުރާ ޤައުމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙެވެ.


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ބޭރުގެ ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.


އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާ، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ.

މިއަދު އޮންލައިން