މިދިއަ ހުކުރު ދުވަހު މެލޭސިޔާގެ އަލްބުޚާރީ މިސްކިތުގައި ޚުޠުބާ ދެއްވަން ހުންނަވަނިކޮށް އެ މިސްކިތުގެ އިމާމް ވަނީ އަވަހާރަވެފައެވެ.
ފާއިތުވި ރޯދަ މަހު ރޯދަ ހިއްޕެވުމަށްފަހު ސުންނަތް ރޯދައަށްވެސް ހުންނަވައި ޚުޠުބާ ވިދާޅުވަން ހުންނަވަނިކޮށް އިމާމް އަވަހާރަވުމުން އެއީ ވަރަށް ރަނގަޅު ނިމުމެއް ކަމަށް ބަލައި ގިނަ ބައަކު ގެންދަނީ އިމާމަށް ހެޔޮ ދުޢާ ކުރަމުންނެވެ.
އިމާމްގެ ފުރާނަ ﷲ ތައާލާ އެގެންދެވީ އެކަލާނގެ ދީން މަތިވެރިކޮށް މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ހުންނަވަނިކޮށެވެ.
ޙަޔާތުގެ ނިމުން ރަނގަޅު ގޮތުގައި މިންވަރުފުޅު ކުރެއްވެވުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ދީނީ ޢިލްމުވެރިން ފާހަގަކުރައްވަވައެވެ. މަރްހޫމްގެ ފާފަ ފުއްސަވައި ފުރާނައަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުފުޅު ކޮށްދެއްވެވުން އެދި ދުޢާކުރަމެވެ.
توفي اليوم الجمعة١٤٤٠/١٠/٤، الإمام وهو يخطب في مسجد الامام البخاري في ماليزيا خاتمة طيبة بعد أدائه شهر رمضان صياما وقياما، وفي المسجد يخطب بالناس متوضيء للصلاة، رحمه الله،
— د.عبدالعزيز الأحمد (@a_alahmaad) June 7, 2019
اللهم احسن خاتمتنا وخاتمتكم والمسلمين. pic.twitter.com/dFeBrOLGkC