މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 5,644,118.00-ރުފިޔާ ލިބިފައިވާ ކަމަށާއި ފަޤީރަކަށް 5000 ރުފިޔާ ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އަދި މާލޭގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ 1000 ވަރަކަށް މީހުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޢީދު ބަންދަށްފަހު އިތުރު ތަފްޞީލު ހާމަކުރާނެ ކަމަށެވެ. އަދި މި އަދަދަކީ ޞަދަޤާތަށް ދެއްކި ފައިސާ ނުހިމަނައި ހަމައެކަނި ޒަކާތަށް ދެއްކި ފައިސާ ކަމަށްވެސް ބުނެފައިވެއެވެ.