ސްޓޫޑެންޓް ލޯނުގެ ބާކީ ހުރި ފުރުސަތުތައް އަލުން ހުޅުވާލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސްޓޫޑެންޓް ލޯނުގެ ބާކީ ހުރި ފުރުސަތުތައް އަލުން ހުޅުވާލަނީ

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުންދޭ ސްޓޫޑެންޓް ލޯންގެ 242 ޖާގައިގެ ތެރެއިން މިހާރު ބާކީހުރި ޖާގަތަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މާޗު މަހުގެ ސްޓޫޑެންޓް ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ލިބުނު ފަރާތްތައް މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިހާރު ބާކިހުރި ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 20 ވަނަ ދުވަހު އަލުން ހުޅުވާލަން އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މީގެކުރިން ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ލޯނު ލިބިފައި ނުވާ ދަރިވަރުންނަށް ލޯނު ނުލިބުނު ސަބަބު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށާއި މިކަމާއި ގުޅިގެން ދަރިވަރުންގެ ހުރި ޝަކުވަތަކާއި މައުލޫމާތު އޮޅުންފިލުވައި ދިނުމަށް ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ކުޑަކޮށް ލޯނު ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެތެރޭގައި ހިމެނޭ ވައުދެކެވެ.

މިއަދު އޮންލައިން