އިންޑިއާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހްތިޖާޖް ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުިވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީކުރައްވަން ފެށްޓެވުމުގެ ކުރިން ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަންނަވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅޚުވެއް2ޖެއެވެ.
ޠާރިޤާް މިކަން ހާމަކުރައްވާފައިވަނީ އިންތިޚާބީ ދާއިރާގެ ރައްޔިތުންގެ މައުލޫމާތަށްޓަކައި ފޭސްބުކުގައި ކުރެވި ޕޯސްޓެއްގައެވެ.
"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، (ރާއްޖޭގެ) ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. އިންޑިއާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހްތިޖާޖް ކުރުމުގެ ގޮތުން މޯދީ ސްޕީޗް ދިނުމުގެ ކުރިން ޖަލްސާ ދޫކޮށް ނުކުންނާނެ ވާހަކަ ދާއިރާގެ ރައްޔިތުންނަށް ދަންނަވަމެވެ.
ދީނާއި ސިޔާސަތު ވަކިކުރާ، ސެކިޔުލާރވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން، ރާއްޖެ ސެކިޔުލާރ ސްޓޭޓަކަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދަށް ހަމަޖެއްސުމެވެ.
ތުރުކީގެ ކުރީގެ ރައީސް އަތަތަރކް ގެނައި ފަދަ ބަދަލުތަކެއް ރާއްޖެއަށް ގެންނަތަން ބަލަން ތިބެންވީތޯއެވެ؟"
މޯދީ މަޖިލީހުގައި ތަޤްރީރުކުރައްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 8 ދުވަހުގެ އިރުއޮއްސި 6.45 ގައެވެ.