ރޯދަ މަސް ދިއަ ނަމަވެސް ނަމާދަށް ރައްކާތެރިވޭ! ޤަޞްދުގަ ނަމާދު އެޅުމަކީ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ޖެހޭ ކަމެއް!: ޑރ. އިޔާޟް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރޯދަ މަސް ދިއަ ނަމަވެސް ނަމާދަށް ރައްކާތެރިވޭ! ޤަޞްދުގަ ނަމާދު އެޅުމަކީ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ޖެހޭ ކަމެއް!: ޑރ. އިޔާޟް

ދަ މަސް ނިމުމުން ގިނަ ބައަކު ނަމާދު ކުރުމަށް ފަރުވާ ކުޑަކުރެއެވެ. ރޯދަ މަސް ނިމުނު ނަމަވެސް ނަމާދަށް ރައްކައުތެރިވާން ޖެހޭނެއެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތައް ޤަވާއިދުން ކުރަންވާނެއެވެ. 

"ޤަޞްދުގައި ނަމާދު އަޅައިފި މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެމީހާ އަލުން ދީނަށް ވަންނަން ހަދާނީ ކިހިނެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ޝަހާދަތް ކިޔައި އިސްލާމްވާނީ" ކަމަށެވެ. 

މިކަމާބެހޭގިތުން ޝައިޚް އާދަމް ޝަމީމް ވިދާޅުވެފައިވެއެވެ. "ނަމާދު އެޅުމަކީ ކަނޑައެޅިގެން ކާފިރުންގެ ސިފައެކެވެ. މުޝްރިކުންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މުޝްރިކުންނާއި ތިއަބައި މީހުން އެއްގޮތް ނުވުމަށެވެ. ނަމާދު ނުއެޅުމަށެވެ."

މިޙަދީޘްފުޅުން އެނގެނީ ނަމާދު އެޅުމަކީ ޝިރުކުގެ އަމަލެއް ކަމެވެ. ވީމާ ނަމާދު އެޅުމަކީ ކިހައި ބިރުވެރި އަމަލެއްކަން އެނގިގެން އެބަދެއެވެ. 

ތައުބާ ސޫރަތުގެ 11 ވަނަ އާޔަތުގެ މާނަ: " ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ."

 

މިއަދު އޮންލައިން