މުސްލިމުންގެ ކަންކަން އިޞްލާޙްކުރުމަށް ކާފަރުންނަށް ދައުވަތުދެނީ ކީރިތި ޤްރުއާނުގައި މިފަދައިން ބަޔާންކުރައްވާފައި ވަނިކޮށް ހެއްޔެވެ؟
ތައުބާ ސޫރަތުގެ 12 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ތިއަބައިމީހުންކުރެ جهاد ކޮށް، اللَّه އާއި، އެކަލާނގެ رسول އާއާއި، مؤمن ން ފިޔަވައި، އެކުވެރިން ބޭނުންނުކުރާ މީހުން، اللَّه ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، امتحان ކުރެއްވުމަކާނުލައި، ތިއަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ اللَّه އީ، ތިއަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ތައުބާ ސޫރަތުގެ 13 ވަނަ އާޔަތުގެ މާނައިގައިވެއެވެ. " އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް كافر ކަމަށް ހެކިވެތިބި حال ގައި، اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، مشرك ންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބައެކެވެ."
މުސްލިމުންގެ ކަންކަން އިޞްލާޙްކުރަން ކާފިރުންގެ އެހީތެރިކަން ހޯދަން ޖެހޭނީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުން އެނގެން ނެތް އަދި މުސްލިމުންގެ ކިބައިގައި އެކަމެއް އިޞްލާޙްކުރުމުގެ ޓެކްނޮލޮޖީއެއް ނުވަތަ ހުނަރެއް ނެތް ކަންކަމުގައެވެ. އެ ނޫން ހާލަތެއްގައި ކާފިރުންގެ އެހީތެރިކަން ހޯދުމެއް ނެތްކަން މި ދެ އާޔަތުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
މުސްލިމުންގެ މައްސަލަތައް ޙައްލުކުރުމުގެ ކުޅަދާނަކަން މުސްލިމުންނަށް ލިބިގެންވެއެވެ. ނަމަވެސް މައްސަލައަކީ އިތުބާރުގެ މައްސަލައެވެ. އަދި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތްތައް ފިޔަވައި އިތުރު ގޮތްތައް ގެނެސްގަންނަން ބޭނުންވުމެވެ. މިފަދަ އަމަލުތައް ކުރާއިރު އެކަންކަން 7 އުޑުމަތިން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަންވެސް ހަމަ ނުއެނގެނީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން