ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޕްރޮމޯޓްކޮށް، އެމީހުންގެ ފިކުރު ފެތުރުމާއި އަދި އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކޮށް ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން އުޅޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް ހައްދުފަހަނައަޅާފައިވާ ހުރިހާ ފަރާތްތަކުން ފަތުރާ ނަފުރަތާއި އިންޓޮލެރެންސް މައްސަލަ ތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިމޭރުމުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށްފައި ހުރި ގްރެފިޓީ ތަކާއި ގުޅީގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މިފަދަ މައްސަލަތައް ހައްލުކުރަން ކުރަން ޖެހޭ ކަންކަން ގުޅުންހުރި ފަރާތްތަކާއިއެކު ދިވެހި ފުލުހުން ކުރަމުން ގެންދާނެ ކަމަށް ސީޕީ ޙަމީދު ވިދާޅުވި ކަމަސްވެސް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އައްޑޫސިޓީގައި އައިއެސް ޖަމާއަތަށް ތާއީދުކުރާ ބައަކު އުޅޭކަން ޝައިޚް އަނީލް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. އެމީހުންގެ ބައެއް އަމަލުތައް ޝައިޚް އަނީލް ވަނީ ފުލުހުންގެ ސަމާލުކަމަށްވެސް ގެންނަވައިފައެވެ.