ޖޭއެސްސީގެ މެންބަރުކަމަށް ޙިސާން ޙުސައިން ޢައްޔަންކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖޭއެސްސީގެ މެންބަރުކަމަށް ޙިސާން ޙުސައިން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، މ. ނޫހިރި ޙިސާން ޙުސައިން މިއަދު ޢައްޔަންކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ، ހިސާން ޙުސައިން އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ. 

ޖޭއެސްސީގެ މެންބަރުކަމަށް ޙިސާން ޙުސައިން ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޙިސާން ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަނީ ކުރައްވައިފައެވެ. ކުރެއްވިއެވެ. ޙިސާން ޙުސައިންއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޢަބްދުﷲ ޢަރީފެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙިސާން ޙުސައިންއާ ވަނީ ޙަވާލުކުރައްވައިފައެވެ.

ހިސާން ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނުޙައްޤުން ބަންދުކުރި ސިޔާސީ ލީޑަރުންނާއި އެނޫންވެސް ގިނަ ބައަކު މިނިވަންކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެއިގެ އިތުރުން ހިސާން އަކީ ރައީސް ނަޟީދުގެ ޤާނޫނީ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.

 

 

މިއަދު އޮންލައިން