މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ޞާލިޙް މާދަމާ ޢީދު ސަލާމް ކުރެއްވުން ކެންސަލް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ޞާލިޙް މާދަމާ ޢީދު ސަލާމް ކުރެއްވުން ކެންސަލް ކުރައްވައިފި

މާދަމާ ހެނދުނު މުލީއާގޭގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މޫސުމް ގޯސްވުމުގެ ސަބަބުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ. 

މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނުގެ ސިޔާސީ އެކުވެރިންގެ އިތުރުން ފާއިތުވި ރޯދަމަހު ވަރަށް ގިނަ އެކުވެރިން ހޯއްދަވައިފައެވެ.

ވަރަށް މަދު ރެއެއްގައި ނޫނީ ރައީސް ޞާލިޙް ވަނީ ހުކުރުމިސްކިތަށް ވަޑައިގެން ތަރާވީޙް ނަމާދު ކުރައްވައި ގިނަ ބައަކާއި ބައްދަލު ކުރައްވައި ގުޅުން އުފައްދަވައިފައެވެ. އެހެންކަމުން ޢީދު ސަލާމް ކުރެއްވުން ބޭއްވުނު ނަމަ ވަރަށް ގިނަ ބައަކު އެމަނިކުފާނާއި ބައްދަލުކޮށް އީދު ތަހުނިޔާ އަރިސްކުރަން ދާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން