މާދަމާ، 4 ޖޫން ވާ އަނގާރަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ހަނދާއި ބެހޭ ބަޔާނުގައި ބުނެފައިވަނީ އިތުބާރުކުރެވޭ ފަލަކީ ހިސާބުތަކުން މިރޭ އިރުއޮއްސުނު އިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކާތީ އާއި އިސްލާމީ ބައެއް ޤައުމުތަކަށް މިރޭ ހަނދު ފެނިފައިވާތީ މާދަމާ، 4 ޖޫން އަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅީ ކަމަށެވެ.
ފިޠުރު ޢީދުގެ މުނާސަބަތުގައި އެންމެހައި މުސްލިމުންނަށް ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.