ވީޑިއޯ: ޝައިޚް ޢަލީ ޒާހިރުގެ ޢީދު އިލްތިމާސް! - ރަމަޟާން މަހު ކުރި ހެޔޮ އަމަލުތައް ގެއްލި ދާނެ ކަމެއް ޢީދުގައި ނުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވީޑިއޯ: ޝައިޚް ޢަލީ ޒާހިރުގެ ޢީދު އިލްތިމާސް! - ރަމަޟާން މަހު ކުރި ހެޔޮ އަމަލުތައް ގެއްލި ދާނެ ކަމެއް ޢީދުގައި ނުކުރައްވާ!

"ޢީދަކީ ވަރަށް އުފާވެރި މުނާސަބާއެއް! މުސްލިމުން ޢީދު ބަލައިގަންނަން ޖެހޭނީ ޝަރުޢީ އަދި ދީނީ ކަމެއްގެ ގޮތުގަ. ޢީދުގެ އެންމެހައި ކަންކަމުގައި ބައިވެރިވާން ޖެހޭނީ ﷲ ތައާލާ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރަމުން. ކިޔަމަންތެރިކަމާއިއެކު. ﷲ ތައާލާ ޙަރާމް ކުރެއްވެވި އެންމެހައި ކަންކަމުން ޢީދުގައި ވެސް ދުރުހެލިވާންޖެހޭނެ. 

ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން ކުރި ހެޔޮ އަމަލުތައް ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ޢީދުގައި ކޮށްގެން ނުވާނެ. ހަމައެއާއިއެކު އެއްބައަކު އަނެއް ބައަކަށް އަޅައިލުމާއި ޢީދުގެ ތަހުނިޔާ ބަދަލުކުރުން ފަދަ ކަންކަން ކުރުމާއި ހަދިޔާ ބަދިޔާ ބަދަލުކުރުމާއި އަދި އަދި އެއް ބައަކު އަނެއް ބައަކަށް ހެޔޮ ދުޢާ ކުރުމަކީ ވަރަށް އެދިވެގެންވާ ކަމެއް. 

ﷲ ތަބާރަކަ ވަތަޢާލާ ބަރަކާތްތެރި ޢީދުގެ ސަވާބާއި ދަރުމަ، އަދި ޢީދުގެ އުފަލާއި ހިތްހަމަ ޖެހުން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވަވާށި! ޢީދު މުބާރިކް!" 

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ޝައިޚް ޢަލީ ޒާހިރުގެ ޢީދު އިލްތިމާސް (ވީޑިއޯ):

 

 

މިއަދު އޮންލައިން