ކަނޑުގަވާ ފޮނާ އެއްވަރަށް ފާފަފަކުރެވިފައި ވީނަމަވެސް ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ޙަދީޘުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 6ސ
ކަނޑުގަވާ ފޮނާ އެއްވަރަށް ފާފަފަކުރެވިފައި ވީނަމަވެސް ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ޙަދީޘުން!

މިއީ ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُمَىٍّ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ‏.‏ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ‏"‏‏. 

ކޮށަލްނަޖެހޭ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިލުމެވެ. ގިނަވެގެން ނަގާނީ އެންމެ 3 މިނިޓް އިރެވެ. ކަނޑުގައި އުފެދިފައިވާ ފޮނުތަކާއި އެއްވަރަށް އެމީހާއަށް ފާފަ ކުރެވިފައިވީނަމަވެސް އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެވެ.

ރިޔާޟުއްޞާލިހީންގައިވެއެވެ. ދުވާލަކު 1000 އަޅުކަން ކުރަން އެދޭނަމަ 100 ފަހަރު سُبْحَانَ اللَّهِ ކިޔާށެވެ! ވީމާ سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިފިނަމަ ލިބޭނެ ސަވާބަށް ވިސްނާށެވެ! އަދިވެސް އެ ފޮތުގައިވެއެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ރުކެއް އިންދަވައި ދެއްވަވާނެތެވެ.  

ކިޔެވުމާއިމެދު މުފްތީ މެންކް ވިދާޅުވެފައިވެއެވެ. 

"ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދާން ކުރުމަށްޓަކައިވެސް އަދި ﷲ ތަޢާލާ މަތިވެރިކުރުމަށްވެސް سُبْحَانَ اللَّهِ وَبِحَمْدِهِ އަކީ ވަރަށް މަތިވެރި، އަދި ދޫމައްޗަށް އެހައިމެ ފަސޭހަ، މީޒާނުގައި ނުހަނު ބުރަ 2 ކަލިމަ ކަމަށެވެ." 

 

 

 

 

މިއަދު އޮންލައިން