ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީގު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މަޖިލީހުން ބުނެފިއެވެ.
މަޖިލިހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަޖިލިހުގެ އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މޯދީ މަޖިލިހުގައި ތަގުރީރުކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:45 ހައި ކަމަށެވެ.
މީގެއިތުރުން ނިއުޝާ ވިދާޅުވީ، މޯދީ ތަގުރީރު ކުރައްވާ ޖަލްސާއަކީ އެންމެ ފުރިހަމަ ޖަލްސާއަކަށް ހެދުމަށް ތައްޔާރުވެފައިވާ ކަމަށާއި އެޖަލްސާއަށް ކެބިނެޓްގެ މިނިސްޓަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ހުރިހާ ސަފީރުންނަށް ދައުވަތު އަރުވާނެ ކަމަށެވެ.