ސަމާލުވޭ! މިލިއަނުން ހެޔޮ އަމަލުކުރި ނަމަވެސް ބުރަދަނެއް ނެތްނަމަ ކުރާނެ އެއްވެސް ފައިދާއެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސަމާލުވޭ! މިލިއަނުން ހެޔޮ އަމަލުކުރި ނަމަވެސް ބުރަދަނެއް ނެތްނަމަ ކުރާނެ އެއްވެސް ފައިދާއެއް ނެތް!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ތިބާގެ އަމަލުތަކުގެ ހިސާބު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާއިރު ބައްލަވައިވޮޑިގަންނަވާނީ ތިބާ ކުޅަ އަމަލުތަކުގެ ބުރަދަނަށެވެ. އަދަދަކަށް ނޫނެވެ. ވީމާ މިލިއަނުން ހެޔޮ އަމަލުތައް ކުރި ނަމަވެސް އެ އަމަލުތަކުގައި ބުރަދަނެއް ނެތް ނަމަ ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

 

ކޮންމެ އަމަލެއް ކުރި ނަމަވެސް ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ އެމީހާގެ ހިތަށެވެ. ވީމާ ހިތުގައި އިޚްލާޞްތެރިކަން ނެތި ކުރާ ހެޔޮ ކަމުގެ އެއްވެސް ފައިދާއެއެ ނުކުރާނެއެވެ. 

- މުފްތީ މެންކް 

މިކަމުގެ އިތުރު ތަފްޞީލު ދެއްވަވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. 

މިސްކިތްތަކަކީ ބިންމަތީގައި ހުރި ނަމަވެސް، ކޮންމެ މީހަކު އެޅިނަމަވެސް ﷲ ތައާލާގެ ގެކޮޅުތަކެކެވެ. ދުނިޔެމަތީގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮކަންބޮޑު އެއް އަމަލަކީ މީސްތްކުން ﷲ ތަޢާލާއަށް އަޅުކަން ކުރާނެ މިސްކިތް އެޅުމެވެ. އިޚްލާޞްތެރިކަމާއިއެކު މިސްކިތެއް އަޅައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ބިނާއެއް ދެއްވަވާނެތެވެ. 

މީހަކު 100 މިސްކިތް އެޅީއެވެ. ބޭނުންކުރީ ޙަލާލު ފައިސާއެއް ނޫނެވެ. ހިތުގައި އޮތީ ދެއްކުންތެރިކަމެވެ. އެހެން ވެއްޖެ ނަމަ އެކަމުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މީހަކު އެންމެ މިސްކިތެއް އެޅިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ. 

އަދިވެސް ވިދާޅުވެފައިވެއެވެ.

މީހަކު ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދާއި އެތައް ބައިވަރު ސުންނަތް ނަމާދުތައް ކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ޤަބޫލުކުރައްވަވާނެ ފެންވަރުގައި، ޚުޝޫޢަތްތެރިކަމާއިއެކު އެންމެ ނަމާދެއްވެސް ނުކުރެއެވެ. ވީއިރު އެކަމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި މީހަކަށް ކުރެވޭ ސުންނަތް ނަމާދުގެ އަދަދު މަދެވެ. ނަމަވެސް އޭނާ ނަމާދުކުރަނީ ޚުޝޫއަތްތެރިކަމާއިއެކުގައެވެ. އެހެންކަމަށްވާނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ.

މިއަދު އޮންލައިން