"މިއަޅާ ހިފި ރޯދަތައް މިހިރީއެވެ. ކިހައި ފުރިހަމަތޯއެވެ!" ދަންނަވައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅުން ސުވަރުގެ ވަދެގެންދާން ބޭނުން ހެއްޔެވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
"މިއަޅާ ހިފި ރޯދަތައް މިހިރީއެވެ. ކިހައި ފުރިހަމަތޯއެވެ!" ދަންނަވައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅުން ސުވަރުގެ ވަދެގެންދާން ބޭނުން ހެއްޔެވެ؟

ރޯދަ މަހު މުސްލިމުން ރޯދަ ހިފުމަށް ކުރާ މަސައްކަތެކެވެ. އެމީހަކު ކުރާ ވަރަށް އާދައިގެ ކަންކަން ވެސް އެންމެ ފުރިހަމަކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު 1 މަސް ދުވަހު މިހައި ބޮޑު ޤްރްބާނީތަކެއް ވެގެން ހިފާ ރޯދަ ވީހައި ފުރިހަމަކޮށްލައި ޕޮލިސްކޮށް އޮފްއަރުވަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ 

މަދުވެގެން 14،15 ވަރަކަށް ގަޑިއިރު އެއްވެސް އެއްޗެއް ނުކައި ފެންފޮދެއްވެސް ނުބޮއި ހުރެގެންނާއި އަދިވެސް އެތައް ގިނަ ޤްރްބާނީތައް ވެގެން ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މިކުރި މަސައްކަތް އެންމެ ފުރިހަމަކުރަން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އާޚިރަތް ދުވަހު ތިމާގެ ހިސާބު ބެއްލެވޭ ވަގުތުގައި "އިނބަ ﷲގެ ރުއްސެވުމާއި ފުއްސެވުން އެދިގެން މިއަޅާ ހިފި ރޯދަތައް މިހިރީއެވެ. ކިހައި ފުރިހަމަތޯއެވެ!" ދަންނަވަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ވިސްނަންވީ ކަމަކީ މިގޮތަށް ދެންނެވޭނީ އެފަދައިން ރޯދަހިފައި ރޯީދައާއި ގުޅުންހުރި ކަންކަން ފުރިހަމަކޮށްފައިވާ މީހަކަށް ކަމެވެ.  

ފިޠުރު ޒަކާތަކީ ތިމާ ހިފި ރޯދައިގައި ހުންނަ ކުދިކުދި އުނިކަންކަން ފިލުވާލައި އޮފްއަރުވާލައި ރޯދަ ފުރިހަމަކޮށް ރީތި ކޮށްލައިދޭ އެއްޗެކެވެ. ވީމާ ތިބާއަށް ފެންނަ ގޮތަކަށް ފިޠުރު ޒަކާތް ދައްކަން ހަނދާން ނައްތައިނުލާށެވެ. ކައިއުޅުނު ބާވަތުގެ ގޮވާމުން ވެސް ދައްކަންވީއެވެ. ފައިސާއިންވެސް ދައްކަންވީއެވެ. މުހިންމު ކަމަކީ ޢީދު ނަމާދަށް ދިއުމުގެ ކުރިން ފިޠުރު ޒަކާތް ނެރުމެވެ. 

ރަމަޟާން މަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށަނީ އެންމެފަހު ވަގުތު އެތައް ހާސް ބައަކު އެއްފަހަރާ ދައްކަން އައުމުން އިދާރީ ގޮތުން ދަތިތައް ކުރިމަތިވާނެތީއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޢީދު ދުވަހު ފަތިސް ނަމާދުގެ ފަހުން ޢީދު ނަމާދުގެ ކުރިން ދެއްކުމެވެ. ނޫންނަމަ ރަމަޟާން މަހުގެ އެންމެފަހު ދެދުވަހު ދެއްކުމެވެ. 

މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ފިޠުރު ޒަކާތް ދެއްކުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން