ރައީސް ޞާލިޙަށް ސައުދީން ހޫނު މަރުހަބާއެއް ދަންނަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ރައީސް ޞާލިޙަށް ސައުދީން ހޫނު މަރުހަބާއެއް ދަންނަވައިފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދިއަރަބިއްޔާ އަށް ވަޑައގިގެންނެވުމުން އެގައުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ.

ސައުދީ އަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި މުސްލިމު އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮންމެ 3 އަހަރަކުން އެއްއަހަރު ބާއްވާ އޯއައިސީ ސަމިޓް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ މައްކާގައެވެ.  

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވާނެއެވެ.

މިއަދު އޮންލައިން