ދިވެހިންގެ ލޭގައި ވަނީ އިސްލާމް ދީން! ދިވެއްސަކަށް ހުރެ، ދީން ބަދަލުކޮށް، މުރުތައްދުވުމުގެ ޙައްޤެއް ނެތް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދިވެހިންގެ ލޭގައި ވަނީ އިސްލާމް ދީން! ދިވެއްސަކަށް ހުރެ، ދީން ބަދަލުކޮށް، މުރުތައްދުވުމުގެ ޙައްޤެއް ނެތް: ޝައިޚް ޢަލީ ޒައިދު

"ދިވެހިންގެ ލޭގައި ވެސް ވަނީ އިސްލާމް ދީނެވެ. އިސްލާމް ދީނަކީ ދިވެހިން އެންމެ ލޯބިވާ ދީނެވެ. އިސްލާމް ދީނަކީ ޙައްޤު ދީންކަން ދިވެހިން ވަނީ ޤަބޫލުކޮށް ބަލައިގެންފައެވެ. ދިވެއްސަކަށް ހުރެ، ދީން ބަދަލުކޮށް، ފައުޅުގައި މުރުތައްދުވުމުގެ ޙައްޤެއް ނެތެވެ.

ވީމާ ދިވެހިރާއްޖޭގައި އެހެން ދީންތަކަށް އެއްވެސް ފުރުޞަތެއް ނެތެވެ."

--ޝައިޚް ޢަލީ ޒައިދު

މިފަދަ ލިޔުންތައް ޝާއިއުކުރުމުން ބައެއް ފަރާތްތަކުން މިއަދުނޫހަށް ކުރިމަތިކުރުވާ ކަންކަމުގެ ތެރޭގައި އެމީހުންނަކީ ﷲ ތަޢާލާ ޤަބޫލު ކުރާ ބައެއް ނޫން ކަމަށް ފައުޅުގައި ބުނުން ހިމެނެއެވެ.

ރާއްޖޭގައި ބޮޑެތި ވަގުންތައް މާގިނައެވެ. ނަމަވެސް ވައްކަންކުރުމަކީ ދިވެހިން ލޯބިކުރާ ކަމަށް ނުހެދޭނެއެވެ. އަދި ދިވެހިރާއްޖެއަކީ ވަގުންގެ ރާއްޖެއަކަށްވެސް ނުހެދޭނެއެވެ.

 

މިއަދު އޮންލައިން