ޢާއިލާގެ މީހުންނަށް ހިތްހެޔޮކޮށް އެކުވެރިވުމަކީ ސުވަރުގެ ވައްދަވާ ސަބަބަކަށްވެދާނެ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 58ސ
ޢާއިލާގެ މީހުންނަށް ހިތްހެޔޮކޮށް އެކުވެރިވުމަކީ ސުވަރުގެ ވައްދަވާ ސަބަބަކަށްވެދާނެ!: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުދިކުދި ކޫސަނި ކަންކަމުގައި ޢާއިލާގެ މީހުން ދެކެ ރުޅި އައިސް ނަފްރަތުކޮށް ވާހަކަވެސް ނުދައްކައި ތިބޭ ބައެކެވެ. ބައެއް މީހުން އެމީހުންގެ މައިންބަފައިންނާއި ވެސް ވާހަކަ ނުދައްކައި އެބަތިބެއެވެ. އަނެއް ބައަކު އެމީހުންގެ އަނބިދަރިންނާއިވެސް ވާހަކަ ނުދައްކައި އެބަ ތިބެއެވެ. 

މީގެތެރޭގައި އެންމެ ގިނައީ ފައިސާއަށް ދަހިވެތިކަން ބޮޑުވުމުގެ މައްސަލަތަކެވެ. މުދަލުގެ މައްސަލަތަކެވެ. ޚިޔާލުތަފާތުވުމުގެ މައްސަލަތަކެވެ. 

މީސްތަކުންނޭވެ! ރަމަމާން މަސް ނިމުމުގެ ކުރިން މިފަދަ ހުރިހާ ކަންކަން ހިތުން ފޮހެލާށެވެ! އެންމެންނަށް މާފުކޮށް އެކުވެރިވާށެވެ! ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ! ކުސްވެރިއަކީ ކާކުތޯ ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކުށްވެރިއަކީ ކާކުކަން ބައްލަވައިވޮޑިގަތުން ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! ތިމާގެ މަސްއޫލިއްޔަތަކީ މާފުކުރުމާއި ހިތްހެޔޮކުރުން ކަމުގައި ހަދާށެވެ. 

އެކަމަށް ހުރި މަތިވެރި ދަރަޖަ އެނގޭހެއްޔެވެ؟ އެއީ އެކަމުގެ ސަބަބުން ތިބާގެ ހުރިހާ ފުއްސަވައި ދެއްވަވައި ތިބާ ސުވަރުގެ ވައްދަވާނެ ފަދަ އަމަލަކަށްވެސް ވެދާނެއެވެ. އެކަމަސް އުންމީދުކުރާށެވެ! އުންމީދުކޮށްގެން ކަންކަން ކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން