ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނަމާދު ވަގުތުތަކަށް މަދުކަނޑާލަން މަޖިލީހުގެ ބައެއް މެންބަރުން މިއަދު އެދިއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި ތިނަދޫ ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ މިހާރު 12 ގަޑި 7 ވެއްޖެ ކަމަށާއި ރަމަޟާން މަހުގައިވެސް އަދި އެނޫން މަސްތަކުގައިވެސް މުސްލިމުންނަށްވީތީ ނަމާދުކުރަން ޖެހޭނެ ކަމަށެވެ. މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގެއާއި ޖެހިގެން ހުރި މިސްކިތް މިހާރުވަނީ އެއާކޮންޑިޝަންވެސް ކޮށްފައެވެ. އެހެންކަމުން މެންބަރުންނަށް ވަރަށް އަރާމުގައި ތިބެ ނަމާދުކުރުމުގެ ފުރުޞަތު މިހާރުވަނީ ފަހިވެފައެވެ.