ޖޭއެސްސީ ގެ މެމްބަރުކަމަށް ހިސާން އައްޔަނު ކުރުމަށް ރުހުން ދީފި

ކިޔުމަށް ހޭދަވާނީ 33ސ
ޖޭއެސްސީ ގެ މެމްބަރުކަމަށް ހިސާން އައްޔަނު ކުރުމަށް ރުހުން ދީފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް 19 ވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އައްޔަނު ކުރެއްވުމަށް، މަޖިލީހުން ރުހުން ދީފިއެވެ.

 

ޖޭއެސްސީ ގެ މެމްބަރުކަމަށް ހިސާން އައްޔަނު ކުރުމަށް މަޖިލިހުން ފާސް ކޮށްފައިވަނީ މަޖިލިސްގެ 81 މެމްބަރުންގެ ތާއީދާއެކުގައެވެ. ހިސާންގެ ނަން ޖޭއެސްސީގެ މެމްބަރުކަމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ހެނދުނު ވަނީ ފާސްކޮށްފައެވެ.

 

ޤާނޫނީ ދާއިރާއިން އިނގިރޭސިވިލާތުން 2005 ވަނަ އަހަރު މާސްޓާރސް ފުރިހަމަ ކުރައްވާފައިވާ ހިސާން އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގެ އިސް މެމްބަރެކެވެ.

މިއަދު އޮންލައިން