27 ވިލޭރޭ މައްކާގަ ބާއްވާ އޯއައިސީ ވެރިންގެ ސަމިޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
27 ވިލޭރޭ މައްކާގަ ބާއްވާ އޯއައިސީ ވެރިންގެ ސަމިޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ!

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގައި ބާއްވާ އޯއައިސީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ބައްދަލުވުމުގައި އެމަނިކުފާނު ތަޤްރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޯއައިސީގެ މެންބަރު 57 ޤައުމުގެ ވެރިން ބައިވެރިވާ މިސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތައް ރޭ ވަނީ ފަށައިފައެވެ.  މިބައްދަލުވުމުގައި ރާއްޖޭގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ  މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު މިއަދުގެ ވަގުތެއްގައި ސައުދިޢަރަބިޔާއަށް ވަޑައިގަންނަވާނެއެވެ!

 

 

މިއަދު އޮންލައިން