މާވެޔޮމިސްކިތުގެ މަސައްކަތަށް މައްޗަށް އަރުވަން އުޅުނު ބިއްލޫރި 2 ޝީޓު ވެއްޓި އެތަނުގަ މަސައްކަތްކުރާ 2 މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އަނިޔާވީ ދެ ބިދޭސީންނަށް ކަމަށާއި އެ ދެ މީހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށެވެ.
މާވެޔޮ މިސްކިތް ފަދަ ކުޑަ ބިންކޮޅެއްގައި އަޅާ މިސްކިތެއް ނުނިމި މިހާރު ވެސް 4 އަހަރުވެފައިވުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ މިސްކިތް އަޅަނީ 5 ބުރިއަށް ކަމަށެވެ. ހާހެއްހައި އަކަފޫޓުގައި އަލާ މާވެޔޮ މިސްކިތަ އަޅަން ފެށިފަހުން 25 ބުރީގެ އިމާރާތެއް ނިންނައި މިހާރު އެގެންދަނީ ބޭނުންކުރަމުންނެވެ.
"މިއަދު މިޖެހުނީ އަނެއް 6 ކަންތައް. ދެން ފަހަރެއްގަ ޖެހިދާނެ އެ ކުންފުންޏަށް އޯޑަރުކޮށްގެން އެ ޑިޒައިންގެ ބިއްލޫރި ހައްދައިގެން ގެންނަންވެސް. އެހެން ވެއްޖެ ނަމަ އިތުރު އަހަރެއހައި ދުވަސް ހޭދަކުރަން ޖެހިދާނެ. މިހެން މިބުނީ ރަމަޟާން މަސް އައުމުގެ ކުރިން ދެއްކީ ރަމަޟާން މަހަށް ހުޅުވާ ވާހަކަ. ރަމަމާން މަސް އައިމަ ދެއްކީ 2 ވަނަ ހުކުރުގަ ހުޅުވާ ވާހަކަ. އެހެން ވީމާ މާވެޔޮ މިސްކިތް ހުޅުވާ 2 ވަނަ ހުކުރު އަދި ނާދޭ. އެކަމަކު އަހަރެމެން މިހާރު 3 ވަނަ ހުކުރުވެސް ކޮށްފިން. ހަޤީޤަތުގަ މި މިސްކިތް ބަންދުކޮށްފަ މިހައި ގިނަ ދުވަހު ހުރުމުން މުޅި ސަރަހައްދުގަ ތިބި ނަމާދުކުރާ އެންމެންނަށް މިވަނީ ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހިފަ." ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނެފައިވެއެވެ.
މާވެޔޮ މިސްކިތަ ނުހުޅުވައި ޒިކުރާ މިސްކިތަ ތަޅައިލިކަން އެއީ މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އުނދަގުލެއްލަންވެސް ފާހަގަކުރެވެއެވެ.