ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލްކޮށްފައިވާ ރިސޯޓްތަކަށް ޓޫރިޒަމް މިނިސްޓްރީން އަލުން ލައިސަންސް ދީފިއެވެ.
މި ރިސޯޓްތަކުގެ ހުއްދަ ބާތިލުކުރީ ގަވައިދުގައި ބުނެފައިވާ ގޮތާ އެއްގޮތަށް ރިސޯޓް ނުހިންގުމުން ކަމަށް ޓޫރިޒަމު މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލައިސަންސް ހިފާއްޓާފައިވާ ރިސޯޓްތަކަށް ޝަރުތުތަކެއް ކުރުމަށްފަހު އެއްބަސްވުންތަކުގައި އަލުން ސޮއިކޮށްފައިވާނެ ކަމަށެވެ.
މި ޝަރުތުތަކުގެ ތެރޭގައި ސަރުކާރަށް ދައްކަންޖެހޭ ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމާއި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހި އަދި ބިދޭސީ މުވައްޒަފުން ރިސޯޓުގެ ވަޒީފާތަކުގައި ގެންގުޅުމާއި ރިސޯޓުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ގަވާއިދާ އެއްގޮތަށް ސަލާމަތީ ކަންކަން ބެހެއްޓުން ހިމެނެއެވެ.