ކަނޑޫދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 49ސ
ކަނޑޫދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން  ރައީސް ޞާލިޙް އެރުވިއެވެ.

މިގޮތުން ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ޚިދުމަތް ދޭނެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވުމަށްވެސް ރައީސް ޞާލިޙްގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން