ސަރުކާރުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޕަރޭޝަން މެނޭޖަރު އަހުމަދު އަސްލަމް އަބްދުﷲ އެ މަގާމުން ވަކިކޮށްފިއެވެ.
ވޭތުވެދިޔަ ތިން އަހަރު ހައްޖާއި އުމްރާގެ ކަންކަން މެނޭޖު ކުރުމުގައި އިސްކޮށް އުޅުއްވި އަސްލަމް ހައްޖު ކޯޕަރޭޝަނުގެ މެނޭޖަރުކަމުން އޭނާ ވަކިކުރުމަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ މަގާމަށް ބޭނުންވާ ވަރަށް ތައުލީމާއި ތަޖުރިބާ އޭނާގެ ނެތް ކަމަށެވެ.
އަޒްހަރު ޔުނިވާސިޓީން ކިޔަވަައިވިދާޅުވި އަސްލަމް މި މަގާމާ ހަވާލުވެވަޑައިގެންނެވީ މީގެ ތިން އަހަރު ކުރިންނެވެ.