ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނުނެރުނު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނުނެރުނު!

ސިސިލްފަރު ކުންފުނިން ސިވިލް ކޯޓަން ހުށަހެޅި މައްސަލަ ނިމެންދެން ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން މިއަދު ބުނެފިއެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މައްސަލަ އާއި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް ބަލާއިރު އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭ ކަމެއް މެދުވެރިވެފައި ނެތް ކަމަށާޢި އެފަދަ ވަގުތީ އަމުރެއް ނެރެފި ނަމަ، މައްސަލައިގެ މައުޟޫއު އަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރީ ގޯސްކޮށް ކަމަށްބުނެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޕޮއިންޓް ދިނުމުގައި އެ މިނިސްޓްރީން އަމަލުކުރީ އުސޫލާ އެއްގޮތަށް ކަމަށެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 6 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

 

މިއަދު އޮންލައިން