މިމަހުގެ މިހައި ތަނަށް 24429 މީހުން ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ޢާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހައިތަނަށް ލިބިފައިވަނީ އެއް މިލިއަން ސޯޅަ ލައްކަ އެއް ސަތޭކަ ފަންސާސް ފަސް ރުފިޔާއެވެ. އަދި ޞަދަޤާތުގެ ގޮތުގައި ލިބިފައިވަނީ ހަތްދިހަ ހަތް ހާސް ހަތަރުސަތޭކަ ރުފިޔާ ފަންސަޔާޅީސް ލާރިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެރިއަކު ވިދާޅުވީ ފިޠުރު ޒަކާތް ދައްކާ މީހުންގެ އަދަދު މިއަހރު އިތުރުވެފައިވާ ކަމަށެވެ.
ފިޠުރު ޒަކާތް ދައްކަން ބޭނުން ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އުރީދޫ އަދި ދިރާގު މެދުވެރިކޮށްވެސް ދެއްކޭނެއެވެ. މީގެ އިތުރުން ވިލިމާލޭ ހައުސިންގ ޔުނިޓް ގައާއި ހުޅުމާލޭ އެޗްޑީސީގައި ވެސް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.