ނަމާދުކުރަން ފެށުމުން ނުވަތަ އެނޫންވެސް ހެޔޮ އަމަލުތައް ކުރަން ފެށުމުން އެކަންކަން ކުރަން ފޫހިވޭހެއްޔެވެ؟ ކަންނެތްވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާ ކުރިއަށް އެޅި ފިޔަވަޅު އެ އެއެޅެނީ ފަހަތަށެވެ. އެއީ ޝައިޠާނާގެ ބާރުގައެވެ. ޝައިޠާނާގެ ކޮޅު އަދިވެސް ހަމަ ވަރުގަދައީއެވެ.
ވީމާ އެ ހާލަތުގައި ޝައިޠާނާގެ ކިބައިން ސަލާމަތްކަމަށާއި ﷲ ތަޢާލާގެ މަގުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އެހެނީ އެއްފިޔަވަޅު ކުރިއަށް ފަހަތަށް ފިޔަވަޅެއް އެޅޭނަމަ ކުރިއަކަށް ނުދާނެއެވެ. އެއް ފިޔަވަޅު ކުރިއަށް ފަހަތަށް ދެ ފިޔަވަޅު އަޅާ ނަމަ ދާނީވެސް ފަހަތަށެވެ. ކުރިއަށް ދެވޭނީ ފަހަތަށް ނުދެވި ކުރިއަށް ދެވޭނަމައެވެ.
އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އަހަރެމެންގެ ލޭގެތެރޭގައި ޝައިޠާނާ އެދަނީ ދަތުރުކުރަމުންނެވެ. ވީމާ ޝައިޠާނާގެ ކިބައިން ސަލާމަތް ވެވޭނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކު މަސައްކަތްކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން