ދީބާޖާގެ ޚުކުމް ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދީބާޖާގެ ޚުކުމް ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމުގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން އެދިފައިވަނީ ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ބުނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ހުކުމް ތަންފީޒު ޑިވިޝަނަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ފޮނުވާގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ. 

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުނެވެ.

 

 

މިއަދު އޮންލައިން