ޓޫރިޒަމް މިނިސްޓްރީން "ވޯޓާ ސޭފްޓީ" ޕްރޮގްރާމެއް ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޓޫރިޒަމް މިނިސްޓްރީން "ވޯޓާ ސޭފްޓީ" ޕްރޮގްރާމެއް ފަށަނީ

މޫދު ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަން "ވޯޓާ ސޭފްޓީ" ޕްރޮގްރާމެއް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓާރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއީ، މޫދަށް އެރި އުޅެނިކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވެފައިވާތީ، އެ ފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފަށާ މަސައްކަތެއް ކަމަށެވެ. އަދި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެއިތުރުން ކޮންމެ ރަށެއްގައި ލައިފްގާޑުން ބަހައްޓަން ނިންމާފައިވާ ކަމަށާއި އަދި މިކަމަށް ގާބިލް މީހުން ތަމްރީންކުރަން އީދަށް ފަހު ފަށާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވި މި ޕްރޮގްރާމް އެކުލަވާލީ މޫދުގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެހެން ގައުމުތަކުން ކުރާ މަސައްކަތްތަކަށް ބަލައިގެން ކަމަށާއި މި ޕްރޮގްރާމް ހިންގާއިރު އެންމެ ފުރަތަމަ އިސްކަން ދޭނީ 100 އަށް ވުރެ ގިނަ ގެސްޓްހައުސް އެނދު ހުންނަ ރަށްތަކުގައި ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގިނައަދަދެއްގެ ފަތުރުވެރިން ގެނބިގެން ވަނީ މަރުވެފައެވެ.

މިއަދު އޮންލައިން