ނައިބު ރައީސުން ނަށް އިނާޔަތް ދޭން ފާސްކުރި ބިލް، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ނައިބު ރައީސުން ނަށް އިނާޔަތް ދޭން ފާސްކުރި ބިލް، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް!

ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފިއެވެ.

މިކަމާޣުޅިގެން ރައީސް ސޯލިހް ގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ ރައީސް މިބިލް އަނބުރާ ފޮނުވާލީ މިބިލް މިހާރު އޮތީ، ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ނޫން ކަމަށާއި  އަލުން ވިސްނެވުމަށް އެދިވަޑައިގެން ކަމަށެވެ.

މިބިލްގައި ވާގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭންޖެހޭނެއެވެ.

މީގެއިތުރުން ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ވެސް ރައީސް ސޯލިހް ވަނީ އަނބުރާ ފޮނުވާލައްވާފައެވެ.

މިއަދު އޮންލައިން