މިސަރުކާރުން ތަރަށްގީގެ ނަމުގަ ގާފުރޮޅާ ތަންތަން ސުންނާފަތި ކޮށް ނުހަދާނެ: އަލީ ޒާހިރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިސަރުކާރުން ތަރަށްގީގެ ނަމުގަ ގާފުރޮޅާ ތަންތަން ސުންނާފަތި ކޮށް ނުހަދާނެ: އަލީ ޒާހިރު

މިސަރުކާރުން ތަރަށްގީގެ ނަމުގަ ގާފުރޮޅާ ތަންތަން ސުންނާފަތި ކޮށް ނުހަދާނެކަމަށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.  

އަލީ ޒާހިރު މިހެން ވިދާޅުވީ މިސަރުކާރުން ތަރައްގީއަށް ފުރޮޅި އެންމެ ގާ ކޮޅެއް ވެސް ނެތް ކަމަށް ވިދާޅުވެ އިދިކޮޅި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވުމުންނެވެ.

އަލީ ޒާހިރު ވިދާޅުވީ މިސަރުކާރުން ތަރަށްގީގެ ނަމުގަ އެއްވެސް ރޭވުންތެރިކަމެއް ނެތި ގާފުރޮޅާ ތަންތަން ސުންނާފަތި ކޮށް ނުހަދާނެކަމަށާއި އޭގެ ބަދަލުގަ ވިސްނުންތެރިކަމާއެކު އެތަށް އަހަރަކަށް ޕްލޭން ކުރެވިގެން ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫތަށް ދާދި އަވަހަށް ބާރު ސްޕީޑްގައި ހިންގަން ފަޝާމަންޒަރު ފެންނާނެކަމަށެވެ.

އަލީ ޒާހިރުގެ މި ޓްވިޓާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަހްމަދު ނިހާން ވިދާޅުވެފައިވަނީ އުންމީދަކީ ތިއީ ކަމަށެވެ. އަދި ވައުދުތަށް ފުއްދުމަށް ބޭނުންވާ ހުރިހަަ ކަންކަން މިހާރު ރައްޔިތުންވަނީ ކޮށްދީފައި ކަމަށާއި ލަސްނުކޮށް އިހްލާސްތެރިކަން ދެއްކުމަށެވެ. 

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހަދާފައިހުރި ގިނަ ބިނާތަށް ނަގައި އެއްތަނުން އަނެއްތަނަށް ވަނީ ބަދަލުކޮށްފައެވެ.

މިއަދު އޮންލައިން