ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި

ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު ގައިވާ ގޮތުން ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަންޖެހިއްޖެ ނަމަ ބަޖެޓް ކޮށްފައިވާ ވަރަށް ވުރެ ފަސް ޕަސެންޓް އިތުރު ނުވާ ވަރަށް ހަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އިތުރު މަޝްރޫއުއެއް ނުވަތަ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އިން ބޭރުން ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށް މިއުސޫލުގައި ބުނެފައިވެއެވެ.

މިއުސޫލުގެ މަގްސަދަކީ، ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތަކަކީ ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުންކަމަށް ފިނޭންސް މިނިސްޓްރީން ބަނީ ބުނެފައެވެ. 

މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުންނެވެ.

މިއަދު އޮންލައިން