ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ މިއަހަރު ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓް ދީފިއެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ އެކްރޯ ހައްޖު ގްރޫޕު، ހައްޖު ކޯޕަރޭޝަން، މިނާ ހައްޖު ގްރޫޕު، އަލްހަރަމައިން ހައްޖު ގްރޫޕު، ޒައި ހައްޖު ގްރޫޕު އަދި ތަޒްކިޔާ ހައްޖު ގްރޫޕެވެ.

މީގެތެރެއިން ޒައި ހައްޖު ގްރޫޕުން ހައްޖަށް މީހުންގެންގޮސްދެނީ 70،000 ރުފިޔާ އަށެވެ. އަދި ތަޒްކިޔާ ހައްޖު ގްރޫޕުން ހައްޖަށް މީހުންގެންގޮސްދެނީ 72،250 ރުފިޔާ އަށެވެ. ހައްޖު ކޯޕަރޭޝަނާއި މިނާ ހައްޖު ގްރޫޕް އަދި އަލްހަރަމައިން ހައްޖު ގްރޫޕުން ހައްޖަށް މީހުންގެންގޮސްދެނީ 69،965 ރިފިޔާ އަށެވެ. އެންމެ އަގުހެޔޮކޮށް ހައްޖަށް މީހުންގެންގޮސްދެނީ އެކްރޯ ހައްޖު ގްރޫޕުންނެވެ. އެއީ 59،965 ރުފިޔާއެވެ.
ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ހަމަޖައްސާފައިވަނީ 450 ޖާގައެވެ. މިއަދަދު ކުންފުނިތަކުގެ މެދުގައި ބަހާލުމުން، ކޮންމެ ކުންފުންޏަކަށް ލިބެނީ 90 ޖާގައެވެ. ބާކީހުރި 550 ކޯޓާ އިސްލާމިކް މިނިސްޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
އިތުރު 1000 ކޯޓާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ސައުދީގެ މިނިސްޓްރީން ޔަގީންކަން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓް ވަނީ ބުނެފައެވެ.