މިއަދުގެ ރެސިޕީ: ބްރެޑް ޕަކޯރާ

ކިޔުމަށް ހޭދަވާނީ 1މ 2ސ
މިއަދުގެ ރެސިޕީ: ބްރެޑް ޕަކޯރާ

ބްރެޑް ޕަކޯރާ އަކީ ދިވެހިން ހަދާ ކަޓްލަހާއި ގާތް ކުރާ އިންޑިއަން ޑިޝްއެކެވެ. ނަމަވެސް ކަޓްލަހާއި ޚިލާފަށް، ބްރެޑް ޕަކޯރާއަކީ މަސް އަޅައިގެން ތައްޔާރުކުރާ ކާނާއެއް ނޫނެވެ.

 

ބޭނުންވާނެ ތަކެތި:

· ½ ޖޯޑު ފުށް (އާދައިގެ ފުށް ނުވަތަ ޒުވާރި ފުށް ވެސް ބޭނުން ކުރެވިދާނެ)

· ލޮނުމެދު (ގާނާފަ)

· އިނގުރު (ގާނާފަ)

· ޕާން (މުރަނަވާ ވަރަށް ޓޯސްޓްކޮށް، ކުދިކޮށް ކޮށާފަ)

· ¾ ސައިސަމުސާ ތެޅި މިރުސް

· ދިރި (ހިމުންކޮށް މުގުރާފަ)

· ލޮނު

· އަސޭމިރުސް (ޕައުޑަރ ނުވަތަ ހިމުން ކޮށްފަ)

· ހިކަނދި ފަތް

· މިރުސް (ކުދިކޮށް ކޮށާފަ)

· ½ ޖޯޑު ފެން

· ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް

· ބޯތައްޓަކަށް ފެން ފޮދެއް އެޅުމަށްފަހު އޭގެ ތެރެއަށް ފުށް، ތެޅިމިރުސް، މިރުސް، ލޮނުމެދު. އިނގުރު، ދިރި، ހިކަނދިފަތް، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

· އެތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ޕާންތައް ވެސް އޭގެތެރެއަށް އަޅާ އެއްކޮށްލާށެވެ.

· އެއަށްފަހު ކަޓްލެޓްސް ހުންނަ ގޮތަށް، ގުޅަ ވަށާލާށެވެ.

· މެދު ގިނީގައި ތާހެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު، ގުޅަތައް ރޯފިލަންދެން ތެއްލާލާށެވެ.

ބްރެޑް ޕަކޯރާ ތައްޔާރު ކުރެވުނީއެވެ.

 

މިއަދު އޮންލައިން