ރޯދައާއި ސުވާލު: އަޅުގަނޑު ޢާއްމު ގޮތެއްގައި ރޯދަ ހިފަނީ ހާރު ކެއުމަކާ ނުލައެވެ. މިކަމުގައި ދީނުގެ ޙުކުމަކީ ކޮބާ؟

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ރޯދައާއި ސުވާލު: އަޅުގަނޑު ޢާއްމު ގޮތެއްގައި ރޯދަ ހިފަނީ ހާރު ކެއުމަކާ ނުލައެވެ. މިކަމުގައި ދީނުގެ ޙުކުމަކީ ކޮބާ؟

އަޅުގަނޑު ޢާއްމު ގޮތެއްގައި ރޯދަ ހިފަނީ ހާރު ކެއުމަކާ ނުލައެވެ. މިކަމުގައި ދީނުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ. ހާރު ކެއުމަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމުގައި ދަންނަބޭކަލުން އިއްތިފާޤު ވެވަޑައިގަންނަވައެވެ. ނަމަވެސް ހާރު ނުކާ މީހާ އަކަށް ފާފަވެރިކަމެއް ނެތެވެ. ދަންނާށެވެ! ހެޔޮކަންވަނީ މާތް ނަބިއްޔާގެ ސުންނަތުގައި ހިފުމުގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. " ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަ ކަށަވަރުން ހާރުކެއުމުގައި ބަރަކާތް ލެއްވިގެން ވެއެވެ." އެހެނީ އެއިގެ ސަބަބުން ރޯދަ އަށް ހުންނަ އިރު ހަށިގަނޑަށް ވަރުގަދަ ކަން ލިބި، ވަރުބަލިކަމުން ދުރުކުރެއެވެ. ވީމާ ހާރު ކެއުން އާދަ ކުރާށެވެ.

ޖަވާބުދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން