މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނީ ޝައިޚް އަހްމަދު ސަމީރުއެވެ. (ސުވާލާއި ޖަވާބު: ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަހްމާން)
މަސްޖިދު ޝަހީދު ޢަލީގައި ދަރުސް ދެއްވާނީ ޝައިޚް މުޙައްމަދު ޠާހާއެވެ. މަސްޖިދު މަހާއުއްދީންގައި ޝައިޚް ޢިއްޒުއްދީން ޢަދްނާން އެވެ. މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީންގައި އައްޝައިޚް ޔޫސުފް ޙުސައިން އެވެ.
ހުޅުލާމޭ މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އަލްޘާނީ، ޤަތަރު މިސްކިތުގައި ޝައިޚް މޫސާ އަންވަރު ޙަސަން އެވެ. ހުޅުމާލެ ވަގުތީ މިސްކިތުގައި ޝައިޚް ޢަބްދުﷲ މިފްޒާލް އެވެ.
ވިލިމާލެ މަސްޖިދުލްބިއްރިގައި އުސްތާޛް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން އެވެ.
މި މިސްކިތްތަކުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ "ތަޤްވާވެރިކަން" މި މައުޟޫއަށެވެ. ޖަމިއްޔަތުއް އިސްލާމް އިން އިންތިޒާމުކޮށްގެން މަސްޖިދު މުޙައްމަދު ޖަމީލް ގައި ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވާނީ ޝައިޚް ޢަލީ ރިޒާ އެވެ. މައުޟޫއަކީ ﷲ ދެއްވި ތަކެތިން ހޭދަ ނުކޮށް ހުންނަން ހެޔޮވާނެ ހެއްޔެވެ؟