ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރުކަމަށްވުމުން މިއީ ކާބޯތަކެތީގެ އަގުތައް އެހެން މަސްމަހަށްވުރެ ހެޔޮކުރަންވީ މައްސަރުކަމަށް ބަޔާންކޮށް ކާބޯތަކެތީގެ އަގުތައް ތިރިކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.
މީގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހަކީ ކިލަނބުވެފައިވާ ހިތްތައް ސާފުކޮށް އެކަކު އަނެކަކަށް ހިތްހެޔޮކުރުމުގެ މައްސަރު ކަމަށް ހެދުމަށާއި ރަމަޟާން މަސް ދިއުމުން ވެސް އެކަން ދެމެހެއްޓުމަށްވެސް އިމާމް ވަނީ ގޮވާލައްވައިފައެވެ.
މިއަދުގެ ޚުޠުބާގައި ވަނީ އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވާލައިފައެވެ. އެންމެ މަތީ ވެރިންނާއި ހަމައިން ފެށިގެން އެކަކު އަނެކަކަށް އެހީތެރިވުމަށް ގޮވާލައިފައެވެ. މުވައްޒިފުންނަށް ނަމާދުކުރަން ފުރުޞަތު ދިނުމަށާއި ދަރިވަރުންގެ ކަންކަން ސްކޫލުތަކުގައި ރާވާއިރުވެސް ދަރިވަރުންނަށާއި މުދައްރިސުންނަށް ނަމާދުކުރެވޭނެ ގޮތަށް ކަންތައްތައް ރޭވުމަށްވެސް ވަނީ ގޮވާލައިފައެވެ.