އަންހެނުން ފުޅަނގީގެ ހާލަތުން ސަލާމަތްވުމަށް ރޯދައަށްހުރެ ރަހަބެލިދާނެ - ނަމަވެސް ދިރުވައިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަންހެނުން ފުޅަނގީގެ ހާލަތުން ސަލާމަތްވުމަށް ރޯދައަށްހުރެ ރަހަބެލިދާނެ - ނަމަވެސް ދިރުވައިގެން ނުވާނެ!

ރޯދައަށްހުރެ ކާބޯތަކެތީގެ ރަހަ ބަލަން ޖެހޭ ގިނަ ބައަކު އުޅެއެވެ. ޚާއްޞަކޮށް އަންހެންވެރިންނެވެ. ބައެއް ގޭގޭގައި އެކަނބަލުން ބަދިގޭގައި ތިބެ މަސައްކަތްކުރަން ޖެހެނީ ފުޅަނގީގެ ޙާލަތުގައެވެ. އެއީ މައްޗަށް އަރައިފިނަމަ ހޯރަ ކައިލާނެތީއެވެ. އަޑޑިއަށް ހިނގައްޖެ ނަމަ މިޔަރު ކައިލާނެތީއެވެ. ސަލާމަތް އެއްވެސް ގޮތެއް ނުއޮންނާތީއެވެ. 

ރަހައަށް ކިތަންމެ ކުޑަ ބަދަލެއް އައިނަމަވެސް ވަށައިގެން ހަމަލާތައް އަންނާނެތީއެވެ. 

ރަހަބެލުމާއި ބެހޭގޮތުން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއފައިވަނީ ރަހަބެލުމަށް ބޭނުންވާ މިންވަރު ދުލުގައި ޖައްސައިލެވިދާނެ ކަމަށެވެ. ނަމަވެސް އެ މިންވަރުވެސް ދިރުވައިގެން ނުވާނެ ކަމަށެވެ. މާނައަކީ ކަރުން އެތެރެކޮށްގެން ނުވާނެ ކަމަށެވެ. 

މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ރަހަބެލުމަށްފަހު އަނގައިން ރަހަކެނޑޭވަރަށް ސާފު ފެންފޮދަކުން ކޯދޮވެ އަނގައިން ރަހަކަނޑުވަން ޖެހޭނެ ކަމަށެވެ. އެކަން ކުރަންވާނީ އެހައިވެސް ފަރުވާތެރިކަމާއިއެކުގައި ކަމަށެވެ.

މިއަދު އޮންލައިން