ރަމަމާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތައް މިއަހަރަށް ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވި ފޯރަމްގައި މެހްމާނެއްގެ ގޮތުން ތަޤްރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤަޔޫމްއެވެ.

ރައީސް މައުމޫން މިރޭ ވާހަކަފުޅު ދެއްކެވީ ކީރިތި ޤްރުއާނާއި ރަމަޟާން މަހާއި ހުރި ގުޅުމާއި ކީރިތި ޤްރުއާނުގެ މަތިވެރިކަމުގެ މައްޗަށެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމް ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައެވެ. މާލޭ ބަނދަރުގައި ހުުންނަ އޮޑިދޯނި ފަހަރަށް އެމަނިކުފާނު އަމިއްލަފުޅަށް ވަޑައިގެން މީހުންނަސް ދައުވަތު ދެއްވައިގެންނެވެ.

މުޙައްމަދު އަމީންގެ ވެރިކަން ނިމުމުން ޕްރޮގްރާމް މެދުކެނޑިފައި ވަނިކޮށް އެ ޕްރޮގްރާމް އަލުން ފެށްޓެވީ ރައީސް މައުމޫން އެވެ.