އާއްމު ގޮތެއްގައި އިންޑިއާގެ ބައެއް ހިސާބުތަކާއި، ޕާކިސްތާނު ގައި ތައްޔާރުކުރާ މިޑިޝް އަކީ ގިނަ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ޑިޝް އެކެވެ. ޚާއްސަކޮށް ރަމަޟާން މަހު ތައްޔާރު ކުރާ މިޑިޝް، ރޮށްޓާއިއެކު ނުވަތަ ބަތާއެކު ވެސް ކެވޭނެއެވެ.
ބޭނުންވާނެ ތަކެތި:
· ކުޅު (ބޮޑަށް ރަނގަޅުވާނީ ކަށިނެތް ކުކުޅު)
· ½ ކިލޯ ޓޮމާޓޯ
· 4-5 ގްރީން ޗިލީ (ކުދި- ކިއުބްކޮށް ކޮށާފަ)
· 4-5 ގްރީން ޗިލީ (ބޮޑު- ކިއުބްކޮށް ކޮށާފަ)
· 2 ސައިސަމުސާ ޖިންޖާރ ގާލިކް ޕޭސްޓް
· 1 ސައިސަމުސާ މުގުރި އަސޭމިރުސް
· 1 ސައިސަމުސާ މުގުރި ދިރި
· ކުކިން އޮއިލް
· ލޮނު (ރަހަލާވަރަށް)
ތައްޔާރު ކުރާނެ ގޮތް:
· ތަތްނުލަވާ ތަވައަކަށް ތެޔޮ ކޮޅެއް އެޅުމަށްފަހު، ކުކުޅު ކޮޅާއި ޓޮމާޓޯ އަދި ބޮޑެތި ގްރީން ޗިލީ ކޮޅު އަޅާފައި، ކުކުޅުކޮޅު މަޑުވަންދެން ކައްކާލާށެވެ.
· ކުކުޅުކޮޅު ރަނގަޅަށް މަޑުވުމުން އޭގެ ތެރެއަށް، ކޮށާފައިހުރި ކުދި ގްރީން ޗިލީ އާއި، ޖިންޖާ ގާލިކް ޕޭސްޓް، ދިރި، އަސޭމިރުސް އަދި ލޮނު އަޅާފައި ރަނގަޅަށް އެތަކެތި ރޯފިލަންދެން ކައްކާލާށެވެ.