ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން- ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން- ރައީސް ޞާލިޙް

ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ޚިޠާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި، ރަމަޟާން މަހަކީ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުޞަތެއް ކަމާއި އަދި ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ޞަދަޤާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް ވަނީ ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަން ފާހަގަކުރައްވައި، އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން