ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގާ އީގަލް ހިލްސް ކުންފުނީގެ އިނިޝިއަލް ކޮމިޓްމަންޓެއްގެ ގޮތުން، ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި 500 މިލިއަން ޑޮލަރުގެ 5,000 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދެއްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ރަސްމާލެ ޕްރޮޖެކްޓުގެ އިނިޝިއަލް ކޮމިޓްމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ހައުސިންގ، ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި، ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ހުޅުމާލޭގައި ކަނޑައަޅާ ތަނެއްގައި 5,000 ހައުސިންގ ޔުނިޓް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަޝްރޫޢަކީ އެ ބޭފުޅުން އަމިއްލައަށް ފައިނޭންސް ހޯދައިގެން ކުރިއަށްގެންދާ ކަމަކަށްވާތީ، ދިވެހި ސަރުކާރުން އެއްވެސް ލޯނެއް، ފައިނޭންސިންގއެއް ނުވަތަ މާލީ ކޮމިޓްމަންޓެއް ދޭކަށް ނުޖެހޭނެ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު