ކިޔެވުމުގެ ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ޝަންގްހައި ޔުނިވަރސިޓީއާ އެކު މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ކިޔެވުމުގެ ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ޝަންގްހައި ޔުނިވަރސިޓީއާ އެކު މަޝްވަރާކުރައްވައިފި

ދިވެހިރާއްޖޭގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން، ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީއާ އެކު ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ވަޒީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ފަންނާއި ސަގާފީ ތަރިކައިގެ ރޮނގުން ދެފަރާތް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި، މި ދާއިރާއިން މީހުން ބިނާކުރުމުގެ އިތުރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުންނެވެ.

މިއަދު އޮންލައިން