މުދާ ބޮޑު އަގުގައި ވިއްކައިގެން ލިބޭނެ ވަގުތީ ފައިދާއަށް ވުރެ އާޚިރަތުގެ ދަރުމައާ ޘަވާބަށް ވިސްނަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މުދާ ބޮޑު އަގުގައި ވިއްކައިގެން ލިބޭނެ ވަގުތީ ފައިދާއަށް ވުރެ އާޚިރަތުގެ ދަރުމައާ ޘަވާބަށް ވިސްނަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވާފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމަސް އިލްތިމާސް ކުރައްވާފައިވަނީ ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ޚިޠާބުގައި ވިޔަފާރިވެރިންނަށް ކުރެއްވި އިލްތިމާސެއްގެ ގޮތުންނެވެ.

ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި، ވިދާޅުވެފައިވަނީ މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން