ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް މިނިސްޓްރީ

ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ އެމިނިސްޓްރީން ނެރުނު އިއުލާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެދުވަހެއްގެ 09:15 ން 13:00 އަށް ކަމަށެވެ. އަދި ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުން ކަމަށެވެ.

ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން  ފިޠުރު ޒަކާތް ބަލައިގަންނައިރު މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތްދައްކާ އަގުތަކަކި އާދައިގެ ހަނޑޫނަމަ 15ރ، ތައިލެންޑު ހުދު ހަނޑޫނަމަ 45ރ، ބާސްމަތީ ހަނޑޫ ނަމަ، 95ރ، ރަތް ހަނޑޫނަމަ 75ރ، އަދި އާދައިގެ ފުށް 15ރ، އާޓާ ފުށް ނަމަ 60ރ އެވެ.

މިއަދު އޮންލައިން