މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 6 ވާ ހޯމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. އެހެންކަމުން މާދަމާ ވާނީ ޝަޢްބާން މަހުގެ 30 ވަނަ ދުވަހަށެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ އިއްވި ހަނދު ސާބިތު ކުރުމާއިބެހޭ ބަޔާނުގައި ބުނެފައިވަނީ އެގޮތަށް ކަނޑައެޅީ ރާއްޖޭގެ އެއްވެސް ރަށަކަށާއި އެއްވެސް އިސްލާމީ ޤައުމަކަށް މިރޭ ހަނދު ނުފެނުމުންނާއި ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރާ އުޞޫލަށް ބަލައިގެން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އިރު އޮއްސުނު ވަގުތު ވަސީލަތްތައް ބޭނުންކޮށްގެން ހަނދުބަލަން މަސައްކަތްކޮށްފައެވެ.