"ހުކުރު ދުވަހުގެ މުސްލިމުން" ނަކީ މާތް ﷲ އަށް އަޅުކަންކުރާ ބައެއް ނޫން: ޑރ.ބިލާލް ޕިލިޕްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
"ހުކުރު ދުވަހުގެ މުސްލިމުން" ނަކީ މާތް ﷲ އަށް އަޅުކަންކުރާ ބައެއް ނޫން: ޑރ.ބިލާލް ޕިލިޕްސް

"ހުކުރު ދުވަހުގެ މުސްލިމުންގެ ގޮތުގައި ބައަކު އެބައުޅެއެވެ. އެމީހުން އަޅުކަން ކުރަނީ ހަމައެކަނި ހުކުރު ދުވަހުއެވެ. ހަމައެކަނި ހުކުރު ދުވަހު އަޅުކަންކުރާ މީހުންނަކީ މާތްﷲ އަށް އަޅުކަންކުރާ ބައެއް ނޫނެވެ. 

އެހެން ދީންތަކުގައި ހަމަ އެކަނި ހަފްތާއަކު އެންމެ ދުވަހަކު އަޅުކަންކޮށްލުމުން ފުދެއެވެ. ނަމަވެސް އިސްލާމް ދީނުގައި އޮތީ އެގޮތެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް މާތް ﷲ އަށް އަޅުކަންކުރަންޖެހެއެވެ. ރެއާއި ދުވާލުގެ ތެރޭގައި އެންމެ މަދުވެގެން 5 ނަމާދު (ފަރުޟް 5 ނަމާދު) ކުރަންޖެހެއެވެ."

އެއްދުވަހަކު ހިންދޫ އެއް ގޮވައިގެން މީހަކު އަހަރެންގެ އޮފީހަށް އައެވެ. ދުނިޔެއަށް އޭނާ ފޮނުއްވުނު ސަބަބާއިމެދު ސުވާލުކުރީމެވެ. އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. 

އަހަރެން ބުނީމެވެ. އެހެން ހުރިހާ ދީންތަކާއި އިސްލާމް ދީނާއި ދެމެދުގައި ހުރި ތަފާތަކީ މިއެވެ. މިސުވާލުގެ ޖަވާބު މުސްލިމް ކުޑަ ކުދިންނަށް ވެސް އެނގޭނެއެވެ. 

މިސުވާލަކީ ވަރަށް ގިނަ ބައަކު ކުރާ ސުވާލެކެވެ. ނަމަވެސް އެއްވެސް ފިލޯސަރަފަރަކަށްވެސް މިސުވާލުގެ ޖަވާބެއް ނުދެވެއެވެ. ނަމަވެސް މިއީ މުހިންމު ސުވާލެކެވެ.

އިންސާނުން އަމިއްލައަށް އުފައްދާ ތަކެތި އުފައްދަނީވެސް ކޮންމެވެސް ބޭނުމަކުއެވެ. އެއްވެސް ބޭނުމެއް ނެތި އެއްވެސް އެއްޗެއް ނުއުފައްދައެވެ. މިސާލަކަށް ކާރު އުފައްދަނީ ދަތުރުކުރާށެވެ. 

ވިސްނާށެވެ. ކީރިތި ޤްރްއާނުން އެނގެން އޮތް ގޮތުގައި މާތް ﷲ އިންސާނުން އުފެއްދެވީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. އެކަން އެނގެން އޮތީ ހަމައެކަނި އިސްލާމް ދީނުންނެވެ. އެހެން އެއްވެސް ދީނަކުން އެނގޭކަށް ނެތެވެ. 

އެހެން ނަމަވެސް އިންސާނުން ތަކެތި އުފެއްދުމާއި މާތް ﷲ އިންސާނުން އުފެއްދެވުމާއި ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. 

ސަބަބަކީ އެއްވެސް މީހަކު މާތް ﷲ އަށް އަޅުކަން ނުކުރި ނަމަވެސް މާތް ﷲ އަށް ލިބިވޮޑިގަންނަވާ އެއްވެސް ގެއްލުން ފުޅެއް ނުވަތަ އުނިކަމެއް ކަމެއް ނެތެވެ. މާތް ﷲ އަށް އަޅުކަން ކުރުމުން ފައިދާ ކުރަނީ ހަމަ އެކަންކުރި މީހަކަށެވެ. ފައިދާ އިތުރުވެގެންދަނީ އެމީހަކު އަޅުކަންކުރި ވަރަކުންނެވެ. 

މިކަމާމެދު ކޮންމެ މީހަކުވެސް ވަރަށް ރަނގަޅަށް ވިސްނައިލުން ރަނގަޅެވެ. 

- ޑރ.ބިލާލް ޕިލިޕްސް ގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން