ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްކަމަކީ ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްކަމަކީ ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން: ރައީސް

ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްކަމަކީ ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ހިތޯބްގައެވެ.

ރައީސް ވިދާޅުވި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން ކަމަށާއި އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަގާފަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުން ކަމަށާއި  މި ސަރުކާރު ފެށުނު އިރު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނުގެ ވަކިތަކުން ހިފަހައްޓައި ކަސްތޮޅު އަޅުވާފައި ކަމަށެވެ.

ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެކަން އެގޮތަށް ކުރުމުން ރާއްޖެއަށް ލިބުނު މޮޅެއް އަދި ސަރުކާރަށް ލިބުނު ފައިދާއެއް ނެތްކަމަށާއި  ދިވެހި އެންމެހައި ނޫސްވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް ޔަގީންކޮށް އަރުވާނީ ފާޅުކުރާ ހިޔާލެއްގެ ސަބަބުން މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަން ކަމަށެވެ. އަދި  ނޫސްވެރިންގެ ކަރަށް ބާރު ކުރުމަށް ގާނޫނުތައް ނުހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި  އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން އެމަނިކުފާނުގެ ސަރުކާރުން އަނބުރާ ހޯދައި ދިނީ ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި ކަމަށެވެ.

 

 

 

މިއަދު އޮންލައިން